މަތިމަރަދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލައިފި

މާރާމާރީ ހިންގަން އުޅުނު ޒުވާނުން ހައްޔަރު ކުރަނީ--- ސަން ފޮޓޯ/ ކިޔުންތެރިއެއް

ލ. ގަން، މަތިމަރަދޫ އަވަށުގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާރާމާރީގައި 21 އަހަރުގެ ފިރިހެނަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަށް އަދިވެސް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މާރާމާރީ ހިނގާފައި ވަނީ ރޭ 12:15 ހާއިރު އެވެ. އެމައްސަލާގައި މިއަދު ހެނދުނު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

comment ކޮމެންޓް