މާކުރަތުގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ

ރ. މާކުރަތު -- ފޮޓޯ: މާކުރަތުއޮންލައިން

ރ. މާކުރަތުގައި މިރޭ ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ސަން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

އެ ހާދިސާ ހިނގިކަމަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:30 ގައި ކަމަށް ފުލުހުން ބުންޏެވެ.

ޒަޚަމްވި މީހާއަށް މާކުރަތު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

comment ކޮމެންޓް