ދުއްވަމުން ދިޔަ ލޮރީއަކުން ވެއްޓި، ފަސް މީހަކަށް އަނިޔާވެއްޖެ

ބިދޭސީން ވެއްޓުނު ލޮރީ: ލޮރީ ދުއްވާފައި ދިޔައީ ބިއްގަނޑު ނާޅުވާ ---

ހުޅުމާލޭގައި ދުއްވަމުން ދިޔަ ލޮރީއަކުން ވެއްޓި ބިދޭސީ ފަސް މީހަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފިއެވެ.

މިއަދު މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ އައިލެންޑް އެކްސްޕާޓްސްގެ ލޮރީއެއްގައި ދިޔަ ބިދޭސީންތަކަކަށެވެެ. މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ލޮރީ ދުއްވާފައި ދިޔައީ އޭގެ ވަށައިގެން ހުރި ބިއްގަނޑު ނާޅުވާ ކަމަށެވެ.

ލޮރީން ވެއްޓުނު ބިދޭސީންނަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް ކުދިކުދި އަނިޔާތަކެއް ހުރި ކަމަށް އާސަންދައިގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވިއެވެ. އަދި އެތަނުން އެކަކުގެ ބޮލަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

https://sun.mv/106618

މިދިޔަ ދުވަސްތަކުގައި ހުޅުމާލޭގައި ވަނީ ގިނަ އެކްސިޑެންޓްތަކެއް ހިނގާފައެވެ.

އަދި ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި، ހިނގާފައި ދިޔަ ޒުވާނެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އެ ޒުވާނާ ވަނީ މަރުވެފައެވެ. މަރުވީ 24 މުހައްމަދު ސޮބާހު ހުސައިނެވެ.

comment ކޮމެންޓް