ޖަނަރޭޓަރުގައި އަލިފާން ރޯވެ ފިހުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ރ.އުނގޫފާރު ފަޅުތެރޭގައި އޮތް ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި ޒަހަމްވި މީހުން--ފޮޓޯ/ މީސް މީޑިއާ

ރ. އުނގޫފާރު ފަޅުތެރޭގައި އޮތް ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ހުރި ޖަނެރޭޓަރު ގޮވާ ފިހުނު ލަންކާ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާގެ ހަށިގަނޑުގެ 60 ޕަސެންޓަށް ވުރެ ބޮޑަށް ފިހިފައިވާ ކަމަށާއި އޭނާ މާލެ ފޮނުވާލީ ރޭ ސީ އެމްބިއުލާންސްގައި ކަމަށެވެ. އަދި އެނާގެ ހާލު ރަނގަޅުކަމަށް ވަނީ ބުނެފައެވެ.

ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހުސައިން ރޭ "ސަން"އަށް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި ފިހިފައި ވަނީ ސްރީލަންކާގެ މީހެއް ކަމަށެވެ. އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ތެޔޮ ބޯޓުގައި އެއްޗެއް ގޮވި ވަގުތު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޯޓުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީރޭ 9:02 ހާއިރު ކަމަށާއި އަލިފާން ނިއްވީ ބޯޓުގައި ތިބި ފަޅުވެރިން އަލިފާން ނިއްވި ބޭނުންކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އަލިފާން ރޯވީ ޖަނަރޭޓަރުގައި ކަމަށެވެ.

comment ކޮމެންޓް