ޖިންސީ ފުރައްސާރައިގެ ތުހުމަތާއެކު ޖޯން ލެސެޓާ ޕިކްސާ ކުންފުނި ދޫކޮށްލަނީ

ޕިކްސާގެ ބާނީ އެއް ކަމުގައިވާ ޖޯން ލެސެޓާ---

މަޝްހޫރު އެނިމޭޝަން ކުންފުނި ޕިކްސާއާއި ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ ސީސީއޯ ޖޯން ލެސެޓާގެ މައްޗަށް ޖިންސީ ފުރައްސައިގެ ތުހުމަތުކޮށްފައި ވާތީ އޭނާ އެ ދެ ކުންފުނި ދޫކޮށްލަން ނިންމައިފިއެވެ.

ލެސެޓާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިފައިވާ ބައެއް މީހުން ވަނީ ހުސްވި އަހަރު މީޑިއާތަކުގައި އެ ވާހަކަ ދައްކާފައެވެ. އެވާހަކަތައް މީޑިއާގައި ތިލަ ވުމާ ގުޅިގެން އޭނާާ ބުނީ "އެއްވެސް މީހަކަށް ދެރަކޮށް ކަންތައް ކުރެވިފައިވާނަމަ މައާފަށް އެދެން" ކަމަށެވެ.

އަދި އެއްވެސް ކަމެއް ކުރުމުގައި ގޯސް ނިޔަތެއް ނުގެން ގުޅޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ޕިކްސާގެ އެއް ބާނީ ކަމުގައިވާ ލެސެޓާ ކުންފުނި ދޫކޮށްލަން ނިންމި ނަމަވެސް އަހަރުގެ ޑިސެމްބަރާ ހަމައަށް ލަފާދިނުމަށް ހުންނާނެ ކަމަށް މިދިޔަ ހުކުރު ދުވަހު ޑިޒްނީއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ލެސެޓާ ވަނީ އާންމުންނާ ހަމައަށް ގިނަ އެނިމޭޝަން ފިލްމުތަކެއް ގެނެސްދީފައެވެ. ޝައުގުވެރިވާ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ގިނަ ކާޓޫންތަކުގެ މޭސްތިރި އަކީ ވެސް އޭނާއެވެ. އެގޮތުން 2003 ވަނަ އަހަރު ނުކުތް "ފައިންޑިން ނީމޯ" އަދި 1995 ވަނަ އަހަރު ނުކުތް "ޓޯއޯ ސްޓޯރީ" ފަދަ ކާޓޫންތައް ހިމެނެއެވެ.

ވޯލްޓް ޑިޒްނީއިން އެންމެ އަވަހަށް ގެނެސްދޭނެ ކާޓޫން އަކީ މި މަހު ރިލީޒްކުރާ އިންކްރެޑިބްލްސް 2 އެވެ.

މަސްދަރު: އިންޑިޕެންޑެންޓް

comment ކޮމެންޓް