"ސްޓްރީ"އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އެއް ދުވަހެއްގައި

ސްޓްރީގެ މަންޒަރެއް

ކާމިޔާބު ބަތަލު ޝާހިދު ކަޕޫރު ފެނިގެންދާ ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ" އާއި ބަތަލަ ޝްރައްދާ ކަޕޫރުގެ ފިލްމު "ސްޓްރީ"، އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމައިފިއެވެ.

އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ދެ ފިލްމު ރިލީޒްކުރަން މިހާރު ނިންމާފައި ވާއިރު އެ ދެ ފިލްމަކީ ވެސް ބަތަލާ ޝްރައްދާ ފެނިގެންދާ ދެ ފިލްމެވެ.

ބޮލީވުޑްގައި ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒުކުރުމަކީ ވަރަށް ނުވާ ކަމެކެވެ. ބޭރުގެ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ކޮންމެވެސް އެއް ފިލްމެއް ރިލީޒްކުރާ ތާރީޚަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ބައްތީ ގުލް މީޓަރު ޗާލޫގެ ޕޯސްޓަރެއް---

"ސްޓްރީ" ޑައިރެކްޓްކޮށްފައި ވަނީ އަމަރު ކޯޝިކްއެވެ. އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭއެވެ. ސްޓްރީއަކީ ބިރުވެރި މަޖާ ފިލްމެކެވެ.

ބައްތީ ގުލް މީޓަރު ޗާލޫ އަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް