މަސައްކަތުގައި ބޭނުން ކުރަމުންދަނީ އަހުލާގު ރަނގަޅު ގައިދީން: ހޯމް މިނިސްޓަރު

ބްރިޖާއި ގުޅޭ މަގު ހެދުމުގެ މަސައްކަތުގައި ގައިދީން ހަރަކާތްތެރިވަނީ --ފޮޓޯ/ އަފްރާހް

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމަށް ނެރެފައިވަނީ އަހުލާގު ރަނގަޅު ގައިދީން ކަމަށާއި އެ ގައިދީންނަށް އެކަމުހެ ސަބަބުން ގިނަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

ގައިދީން މަސައްކަތަށް ނެރުމާއި ގުޅޭ ގޮތުން މިއަދު"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ޖަލުގައި ތިބޭ މީހުންނަކީވެސް މުޖްތަމައުގެ މުޖްތަމައުގެ ބައެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކީ އެމީހުންނަށްވެސް ފުރުޞަތުތައް ފަހިކޮށްދީގެން ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީންނަށް ތައުލީމް ދިނުމާއި މަސައްކަތް ދަސްކޮށްދިނުމަކީ ސީދާ ރައީސް ޔާމީންގެ އެންގެވުމުގެ ދަށުން ކުރިއަށްގެންދާ ރިހަބެލިޓޭޝަން ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައިދީން އަނބުރާ މުޖްތަމައު އަށް ދޫކޮށްލާއިރު އެމީހުންނަކީ މުޖްތަމައު ގަބޫލުކުރަ ފެންވަރުގެ ބަޔަކަށް ވެގެންދާ ކަމަށެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ މަގު ހަދަން ނެރޭ ގައިދީންނަށް މުސާރަ ދޭނެ ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި މުޅިންވެސް ހިމެނެނީ އެކި ފަންނުތަކަށް ހާއްސަ މީހުން ކަމަށެވެ.

އަޒްލީން ވިދާޅުވީ ޖަލުގައި މިހާރު ކުރިއަށްގެންދާ ރިހެބެލިޓޭޝަން ޕްރޮގްރާމަކީ ވަރަށް ރަނގަޅު އަދި ވަރަށް ތަފާތު ޕްރޮގްރާމް ތަކެއް ކަަމަށާއި އެކަމުގެ ސަބަބުން މުޖްތަމައުއަށް ފައިދާ ކުރާނެ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު ސީނިއާ ޕްރިޒަން އޮފިސާ އަހްމަދު ލުގްމާން "ސަން"އަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން މަގުތައް ހެދުމުގެ މަސައްކަތުގައި ބައިވެރިވީ އިއްޔެ ކަމަށާއި ގިނަ އަދަދެއްގެ ގައިދީން އެެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށެވެ.

comment ކޮމެންޓް