ރޭސް 3 އަދި އިންކްރެޑިބްލްސް 2 ޝްވެކަށް

ރޭސް 3 އަދި އިންކްރެޑިބްލްސް 2 ޝްވެކް ސިނަމާގައި އަޅުވާނެ--

ޝްވެކް ސިނަމާ އަކީ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމުތައް ބަލަން ކެތްމަދުވެފައި ތިބޭ ޒުވާނުންނަށް ލިބުނު އުފާވެރި ކަމެކެވެ. ދިވެހިންނަށް އެންމެ ކަމުދާނެ ފަހުގެ ފިލްމުތައް ރިލީޒްކުރާ ދުވަހު ދިވެހިންނަށް ގެނެސްދެނީ ޝްވެކް އިންނެވެ.

މި ހަފްތާ ބަންދުގައި ޝްވެކްގެ ސްކްރީނަށް އާ ދެފިލްމެއް އަންނާނެއެވެ. އެއީ ރޭސް3 އަދި އިންކްރެޑިބްލްސް 2 އެވެ.

ރޭސް 3 އަކީ ރޭސް ސީކުއެލްގެ ތިންވަނަ ފިލްމެވެ. އަނިލް ކަޕޫރު، ސަލްމާން ޚާން، ބޮބީ ޑިއޯލް އަދި ޖެކުއެލިން ފާނެންޑާޒް ފަދަ ތަރިން ފެނިގެންދާނެ މި ފިލްމު ހުކުރު ދުވަހު ޝްވެކް ގައި އަޅުވާނެއެވެ. ހުޅުމާލެ އަދި މާލޭ ސިނަމާގައިވެސް މި ފިލްމު އަޅުވާއިރު، މާދަމާ އިން ފެށިގެން ޓިކެޓް ބުކް ކުރެވޭނެއެވެ.

ހަފްތާ ބަންދުގައި ޝްވެކް ގައި އަލުވާނެ އަނެއް ފިލްމަކީ އެނިމޭޓެޑް 3ޑީ ފިލްމް އިންކްރެޑިބްލްސް 2 އެވެ. މިއީ 2004 ގައި ނެރުނު ފިލްމު އިންކްރެޑިބްލްސްގެ ސީކުއެލް އެކެވެ. އިމްކްރެޑިބްސްލް 2 ވެސް ލިޔުނީ ފުރަތަމަ ފިލްމު ލިޔުނު ބްރެޑް ބާޑް އެވެ.

އިންކްރެޑިބްލްސް 2 އަށް ވެސް މާދަމައިން ފެށިގެން ޓިކެޓް ބުކް ކުރެވޭނެއެވެ. މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް މި ފިލްމު އަޅުވާނެއެވެ.

އިންކްރެޑިބްސް ގެ ޓީޒާ މިދިޔަ އަހަރު ނޮވެމްބަރުގައި ރިލީޒްކުރިއިރު އެ ޓީޒާއަށް 24 ގަޑިއިރު ތެރޭ 113 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބުނެވެ. މިއީ ޕިކްސާ އަދި ޑިޒްނީގެ ފިލްމެކެވެ.

comment ކޮމެންޓް