އައިފޯނުގެ ޑިމާންޑް ދަށްވާކަން އެޕަލް އިން ސަޕްލަޔަރުންނަށް އަންގައިފި

މީގެ ކުރިން އެޕަލްގެ ފޯނުތަކަށް އޮތް ޑިމާންޑު މިހާރު ނެތްކަން އެކުންފުނީގެ ފޯނުތައްކުގެ ބައިތައް އުފައްދާ ސަޕްލަޔަރުންނަށް އަންގައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެޕަލް އިން އެމީހުންގެ ސަޕްލަޔަރުންނަށް މިހާރު އަންގާފައި ވަނީ މީގެ ކުރިން ކޮމްޕޯނެންޓްތައް އުފެއްދި މިންވަރަށް ވުރެ 20 ޕަސެންޓް މަދުން ފޯނުގެ ބައިތައް އުފެއްދުމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެޕަލް އިން ވަނީ 100 މިލިއަން އައިފޯނު 8، އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް ވިއްކޭނެ ކަމަށް ލަފާކޮށް އެ އަދަދަށް ތަކެތި އުފައްދަން ސަޕްލަޔަރުންނަށް އަންގައިފަ އެވެ. ނަމަވެސް މިހާރު މި އަދަދު 80 މިލިއަނަށް ވަނީ ދަށް ކޮށްފަ އެވެ.

އަލަށް ނެރޭ އައިފޯނުތަކަށް ވެސް ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް އެޕަލް އިން ވަނީ ލަފާކޮށްފަ އެވެ. މިއަހަރު ތިން މޮޑެލްއެއްގެ އައިފޯނު ނެރޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

comment ކޮމެންޓް