"13 ރީޒަންސް ވައި"ގެ ތިންވަނަ ސީޒަނެއް ފެންނާނެ

13 ރީޒަންސް ވައިގެ ޕޯސްޓަރެއް---

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ، ބެލުންތެރިންގެ މެދުގައި މަގްބޫލު ސީރީޒް "13 ރީޒަންސް ވައި"ގެ ތިން ވަނަ ސީޒަނެއް ގެނައުމަށް ނިންމައިފިއެވެ.

މިހާރު ވަނީ އެ ސީރީޒްގެ ދެ ސީޒަން އެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ތިން ވަނަ ސީޒަނެއް ގެންނާނެ ކަން ނެޓްފްލިކްސް އިން އާންމުކުރީ އެ ސީރީޒްގެ ދެވަނަ ސީޒަން ސްޓްރީމިން އަށް ދޫކޮށްލިތާ ތިން ހަފްތާ ތެރޭގައެވެ.

"13 ރީޒަންސް ވައި"ގެ މަސައްކަތް އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު ބެލުންތެރިންނާ ހަމައަށް އެ ސީރީޒް ގެނެސްދޭނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

މި ސީރީޒްގެ އުފެއްދުންތެރިއަކީ ބްރިއަން ޔޯކީ އެވެ. ސީރީޒް ޕްރޮޑިއުސްކުރަނީ ޕެރެމައުންޓް ޓެލެވިޜަން އަދި އެނޯނިމަސް ކޮންޓެންޓުންނެވެ.

ސީރިޒްގެ ބައެއް ކާސްޓުންނަކީ ކެތްރީން ލެންގްފޯޑް (ހެނާ ބޭކާ)، ޑިލެން މިނޭޓް (ކްލޭ ޖެންސަން)، އަލީޝާ ބޯއީ (ޖެސިކާ)، ބްރަންޑޮން ފްލީން (ޖަސްޓިން) އެވެ.

comment ކޮމެންޓް