އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ

އޭސީއާރްއީ އިސްބޭފުޅަކާއެކު ޑރ. ޚަލީލް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އެޖަމާއަތުގެ މެންބަރުކަން ވަނީ ޕީޕީއެމް އަށް ލިބިފައި ---

ޔޫރަޕްގެ އިއްތިހާދުގެ ތެރޭގައިި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީއާރްއީގެ މެމްބަރު ކަން ޕީޕީއެމަށް މިހާރު ވަނީ ރަސްމީކޮށް ލިބިފައިކަމަށެވެ.

އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) އަކީ މިހާރު ޔޫރަޕް ގައި އޮތް ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ އެންމެ ބޮޑު އެތް ޖަމާއަތެކެވެ.

އެ ޖަމާއަތުގައި އެކި ގައުމުތަކުން 24 މެމްބަރުން ތިބޭއިރު، އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ވެސް ހިމެނެ އެވެ.

comment ކޮމެންޓް