4ކޭ ކޮލިޓީގެ ޗެނަލެއް ކަމަށްވާ "ލަވް ނޭޗަރ" ދިރާގު ޓީވީއަށް

ގުދުރަތީ ރީތި މަންޒަރުތައް، ހިތްގައިމު "4ކޭ ކޮލިޓީ"ގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެއް ކަމަށްވާ "ލަވް ނޭޗަރ" ދިރާގު ޓީވީންތަޢާރަފްކޮށްފި އެވެ.

މިހާރުވެސް 80އަށް ވުރެ ގިނަ ޗެނަލްތައް ގެނެސްދޭ ދިރާގު ޓީވީއަށް މިއަދު ތައާރަފްކުރި "ލަވް ނޭޗަރ" އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ.

އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ ނުވަތަ 4ކޭ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ.

ދިރާގުން ބުނީ، ގޭގޭގެ ސިޓިންގ ރޫމްތަކުގައި ތިބެގެން ދިރާގު ޓީވީ މެދުވެރިކޮށް މިހާރު 4ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖްރިބާކޮށްލުވުމުގެ ފުރުޞަތުލިބިގެން ދާނޭ ކަމަށެވެ.

ދިރާގު ޓީވީއިން 4ކޭ ޗެނަލެއް ތަޢާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅުކަމުގައި ދިރާގުން ސިފަކުރެއެވެ.

"ލަވް ނޭޗާ" ޗެނަލް ތަޢާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ލަވް ނޭޗަރ

ދިރާގުން ބުނީ، ފުރަތަމަ މިޗެނަލް ލިބޭނީ، މާލެއާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށް ކަމަށެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު 300 ރުފިޔާއެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެ ކަމަށެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ.

ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯނުން ވެސް ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް