މައްކާގެ ޙަރަމްފުޅު ތެރޭގައި މީހަކު އަމިއްލައަށް މަރުވެއްޖެ

މައްކަތުލް މުކައްރަމާ (ޖޫން 9): މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ތެރޭގައި މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ މިދުވަސްވަރު އަޅުކަން ކުރާމީހުންގެ އަދަދު ގިނަވެ މައްކާގެ ޙަރަމްފުޅު ތޮއްޖެހިފައިވަނިކޮށް މީހަކު އަމިއްލައަށް މަރުވެފައިވަނީ ރޭގެ ޢިޝާނަމާދަށްފަހު މަސްޖިދުލްޙަރާމްގެ އެންމެ މަތީ ބުރިން ތަވާފްކުރާ ތަނަށް (ސަޙްނުލްމަތާފް) އަށް ފުންމާލައިގެންނެވެ.

އެވަގުތު މަތާފްގައި ގިނަ އަދަދެއްގެ ބަޔަކު ތިބިނަމަވެސް މަތީބުރިން ފުންމާލި މީހާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހާގެ ބޯފަޅައިގެން ދިޔުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތައް ބިންދައިގެންގޮސް ލެއިން ތަތްތެޅިފައިވާ ކަމަށާއި ކުއްލި ޙާލަތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލްގައި އެމީހާ މަރުވެފައިވާ ކަމަށް ސައޫދީ މީޑިޔާ ބުނެއެވެ.

ތަވާފްކުރާ ތަނުގެ މުށިތަކުގެ މައްޗަށް ފުންމާލައިގެން މަރުވީ އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ މީހެއްކަމަށާ ޢިޝާނަމާދަށްފަހު ހަރަމްފުޅުގެ އެންމެ މަތީބުރިން ސަޙްނުލްމަތާފަށް އެމީހާ ފުންމާލާ މަންޒަރު ކެމެރާއިން ފެންނަކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

ހަރަމްފުޅުގައި އަޅުކަން ކުރުމަށްފަހު ޙަރަމްފުޅުގެ މަތީބުރިން ތަވާފްކުރާ ތަނުގެ މުށިތަކުގެ މައްޗަށް ފުންމާލައިގެން އަމިއްލައަށް މަރުވުމުގެ ގިނަ ހާލަތްތަކެއް ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ކަމަށް މައްކާގެ ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ ސައޫދީ އިދާރާއިން ބުނެއެވެ.

މައްކާގެ ހަރަމްފުޅުގައި އަޅުކަންކުރަން ހުރުމަށްފަހު އަމިއްލައަށް މަރުވަނީ ކޮންސަބަބަކާ ގުޅިގެންކަން އެނގިފައެއް ނުވެއެވެ. މިއީ ދުރާލައި ރާވައިގެން ކުރާކަމެއްކަން ނޫނީ ނަފްސާނީ ހާލަތެއްގެ ސަބަބުން ބައެއްމީހުން ކުރާކަމެއްކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އަމިއްލައަށް ނަމަވެސް ގެފުޅުގައި މަރުވުމަކީ ސުވަރުގެ ދާ ކަމެއްކަމަށް ނޫނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޒްރަތާ ކުއްތަންވާ ކަމެއްކަމަށް ދެކޭ ނުބައި އިޢްތިގާދު ގެންގުޅޭ އެއްތަށް ބަޔަކުވެސް މުސްލިމުންގެ ތެރޭގައި ހިމެނެއެވެ. އަދި ހަރަމްފުޅުގައި އަމިއްލައަށް މަރުވާމީހުންގެ ތެރޭގައި ފައިސާ ނެތުމުގެ ސަބަބުން މާއްދީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނާއި އާއިލީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ އިތުރުން ޑިޕްރެޝަންގައި އުޅޭ ނަފްސާނީ މައްސަލަތައް ބޮޑުމީހުން ހިމެނުން އެކަށީގެންވެއެވެ.

މީގެއިތުރުން އަމިއްލައަށް ނަމަވެސް ގެފުޅުގައި މަރުވުމަކީ ސުވަރުގެ ދާ ކަމެއްކަމަށް ނޫނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޒްރަތާ ކުއްތަންވާ ކަމެއްކަމަށް ދެކޭ ނުބައި އިޢްތިގާދުގެ ޝިކާރައަކަށްވެފައިވާ މީހުންވެސް އުޅޭކަމަށްވެއެވެ. އެފަދަ މީހުން ހަރަމްފުޅަށްދަނީވެސް އަޅުކަން ކޮށްލުމަށްފަހު މަރުވުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް އެމީހުން އެކަން ސިއްރުކޮށްގެން އުޅޭކަމަށް ބައެއް އެހެން މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. (ސައޫދީ މީޑީޔާ)

comment ކޮމެންޓް