ޕްރައިވަސީ ބަގެއްގެ އަސަރު ފޭސްބުކް ބޭނުންކުރާ 14 މިލިއަން މީހުންނަށް ކޮށްފި

ފޭސްބުކް ޕްރައިވަސީގައި އުޅުނު ސޮފްޓްވެއާ ބަގެއްގެ އަސަރު އެ ޕްލެޓްފޯމު ބޭނުންކުރާ 14 މިލިއަން މީހުންނަށް ކޮށްފިއެވެ.

މި ބަގާއެކު ފޭސްބުކްގައި ޝެއާ ކުރާ އެއްޗެހި ވަކި ބަޔަކަށް ފެންނަ ގޮތަށް ސެޓިންގްސް ހަދާފައި ތިބި މީހުން ޝެއާ ކުރި އެއްޗެހި، ޕަބްލިކަށް ނޫނީ އެންމެންނަށް ފެންނަ ގޮތަށް ވަނީ ޕޯސްޓް ވެފައެވެ.

ފޭސްބުކްގެ ހެޑް އޮފް ޕްރައިވެސީ އެރިން އީގަން ވިދާޅުވީ ފޭސްބުކަށް ދިމާވި މި މައްސަލައަށް މައާފަށް އެދޭ ކަމަށެވެ. އެ މައްސަލަ ދިމާވި މީހުންނަށް ނޮޓިފިކޭޝަން އެއްގެ ސިފައިގައި ފޭސްބުކް އިން ދަނީ އެކަން އަންގަމުންނެވެ.

ބަގް ގެ މައްސަލަ މިހާރު ހައްލުކޮށްފައިވާއިރު، މި މައްސަލަ ދިމާވި މުއްދަތުގައި މައްސަލަ ދިމާވި އެކައުންޓްތަކުން ޕޯސްޓް ކޮށްފައިވާ އެއްޗެހި އަލުން ރިވިއު ކުރުމަށް ފޭސްބުކުން ދަނީ އެމީހުންނަށް ނޮޓިފައި ކުރަމުންނެވެ.

މައްސަލަ ދިމާވީ ހުސްވި މެއި މަހުގެ 18 އާއި 22 އާ ދެމެދު ކަމަށާއި މައްސަލަ ހައްލު ކުރެވުނީ މެއި 27 ގައި ކަމަށް ފޭސްބުކް އިން ބުނެއެވެ.

comment ކޮމެންޓް