ރެސިޕީ: ޑޯނަޓް ޕަފްސް

ބޭނުންވާނެ ތަކެތި:

  • 1 3/4 ޖޯޑު އޯލް ޕާޕަސް ފްލާ
  • 3/4 ޖޯޑު ކިރު
  • 1/3 ޖޯޑު ތެޔޮ
  • 1 ބިސް
  • 1 1/2 ސައިސަމްސާ ބޭކިން ޕައުޑަރު
  • 1/2 ސައިސަމްސާ ލޮނު
  • 1/2 ސައިސަމްސާ މުގުރި ފޮނިތޮށި
  • 1/4 ޖޯޑު ބަޓަރު (ދިޔާކޮށްފައި)
  • މުގުރި ހަކުރު ކޮޅެއް އަދި އިތުރު ފޮނިތޮށި ކޮޅެއްވެސް މުގުރާފައި (މައްޗަށް ބުރުވާލުމަށް)

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ 180 ޑިގްރީގައި އަވަން ޕްރީ ހީޓް ކޮށްލާށެވެ. މަފިން ޓްރޭ އަކަށް ބޭނިން ސްޕްރޭ ޖަހާ، ޓްރޭ ތައްޔާރު ކޮށްލާށެވެ.

ދެން ފުށް، ހަކުރު، ކިރު، ތެޔޮ، ބިސް، ބޭކިން ޕައުޑަރު، ލޮނު އަދި ފޮނިތޮށިކޮޅު އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.

މަފިން ޓްރޭ އަށް މި މިކްސް ކޮޅު އަޅާ ފިހެލާށެވެ.

ބަޓަރުކޮޅާއެކު މައްޗަށް ބުރުވާލަން ތައްޔާރު ކުރި ހަކުރު ޅު އެއްކޮށްލާށެވެ. ޑޯނަޓްތައް ފިހެވުމުން މީގެ ތެރެއަށް ޑިޕްކޮށްލާނީއެވެ. ދެން ފޮނިތޮށިކޮޅެއް އުނގުޅާލާނީއެވެ.

comment ކޮމެންޓް