ކުޑަހުވަދޫގައި މާރާމާރި އެއް ހިންގައި ބިދޭސީއަކު ޒަޚަމް ކޮށްލައިފި

 ދ.ކުޑަހުވަދޫ: އެރަށުގައި މާރާމާރި އެއް ހިނގައި ބިދޭސީ އަކަށސް ވަނީ އަނިޔާވެފައި ---

ދ. ކުޑަހުވަދޫގައި މާރާމާރި އެއް ހިންގައި ބިދޭސީ އަކު ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 1:30 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

އޭނާ އަށް ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެ މާރާމާރީ އާ ގުޅިގެން ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީގައި ޒަޚަމްވި މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މީސް މީޑިއާ ގައި ދައުރުވާ ފޮޓޯ އަކުން ފެންނަ ގޮތުގައި މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

comment ކޮމެންޓް