އެންމެ އުސް ބަންޖީ ޖަމްޕް ޕްލެޓްފޯމު ޗައިނާގައި ހުޅުވަނީ

ދުނިޔޭގެ އެންމެ އުސް ބަންޖީ ޖަމްޕް ޗައިނާގައި ގާއިމް ކޮށްފިއެވެ.

މިއީ 260 މީޓަރު (853 ފޫޓު) އުހުގައި ގާއިމް ކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު ދެން ގުޅާލާނީ ޗައިނާގެ މަޝްހޫރު ބިއްލޫރި ފާލަމާއެވެ. އެއާއެކު ބްރިޖުގެ މަތީގައި ހުންނަ އިރު ބަންޖީ ޖަމްޕް ކުރާ މީހުންގެ ހަރަކާތްތައް ރީތިކޮށް ފެންނާނެއެވެ.

ޒަންގްޖާޖިއޭ ގައި ހުންނަ މި ޕްލެޓްފޯމުން އެ ސަރަހައްދުގެ ލޭންޑް ސްކޭޕްގެ ރީތި ވިއުއެއް ފެންނާނެއެވެ.

މިއީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެންނާނެ ޕްލެޓްފޯމެކެވެ. ޒަންގްޖާޖޭ ގައި ގާއިމްކޮށްފައިވާ ބިއްލޫރި ފާލަމަށްވެސް ފަތުރުވެރިންގެ ނަޒަރު ހުއްޓިފައިވާއިރު އެކަން ތަޖުރިބާ ކޮށްލަން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ދެއެވެ.

ބަންޖީ ޖަމްޕް ޕްލެޓްފޯމު ރަސްމީކޮށް ހުޅުވާނީ އޮގަސްޓުގައެވެ.

މީގެ ކުރިން އެންމެ އުސް ބަންޖީ ޖަމްޕް ޕްލެޓްފޯމު ހުރީ މަކާއޯ ގައެވެ. އެއީ 233 މީޓަރު އުސް ޕްލެޓްފޯމެކެވެ.

comment ކޮމެންޓް