ޖިމަށް ގޮސްގެންވެސް ނުހިކެނީ މިހެންވެ!

އަންހެނަކު ޖިމްގައި ވޯކްއައުޓް ހަދަނީ-- ފޮޓޯ: ޕިކްސާބޭ

ބަރުދަން ލުއިކޮށް ހަށިގަނޑު "މެއިންޓެއިން" ކުރަން ޖިމަށް ގޮސްގެންވެސް އޭގެ ނަތީޖާ ނުނިކުންނަ ނަމަ އެއީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ދިމާވާ މީހުން މަދުންނަމަވެސް އެބައުޅެއެވެ. އަސްލު މިހެން ދިމާވަނީ ކީއްވެހެއްޔެވެ؟

އޯވާ އެޗީވިން: ޖިމަށް ދާއިރު އެ އަންނަ އެކްސައިޓްމަންޓާއެކު މާ އެކްސެސްކޮށް ކަސްރަތު ކުރާނަމަ އޭގެ އަސަރު ނުފެނިދާނެއެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ހައްދެއް އޮންނަންވާނެ ތާއެވެ. ހައްދުން ނައްޓައިފިނަމަ އެންމެ އެދެވޭ ނަތީޖާ ނުނިކުތުމަކީ ކައިރި ކަމެކެވެ. އެކްސަސައިޒް ކުރާއިރު ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް އުފައްދައެވެ. މިއީ މީހާ ސްޓްރެސްއަށް ހުށަހެޅޭއިރު އުފައްދާ ހޯމޯނަކަށްވާއިރު ކޯޓިސޯލް ހޯމޯންސް އުފެދޭ މިންވަރު އިތުރުވާ ވަރަކަށް ފެން ބޮވޭލެއްވެސް އިތުރުވެއެވެ. މިއީ ބަރުދަން އިތުރުވާނެ ކަމެއް ކަމަށާއި އެހެންކަމުން ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު 45 މިނެޓަށް ޖިމް ޖެއްސުން އެންމެ ރަނގަޅުވާނެ އެވެ.

ކެއުން: މާގިނައިން ކެއުމަކީ ކިތަންމެ ވަރަކަށް ކަސްތަރު ކުރިޔަސް ބަރުދަން އިތުރުވާނެ ކަމެކެވެ. ކަސްތަރާ އެއްވަރަށް ކެއުން ކޮންޓްރޯލުކުރަންވެސް ވިސްނަންވާނެއެވެ.

ބޭނުންވާ ވަރަށް ނުނިދުން: ނިންޖަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ނިދި މަދުވާނަމަ އެެއްވެސް ކަމެއް ކުރާއިރު ކަމާ ވެގެން ނުކުރެވޭނެއެވެ. ކޮންމެ ދުވަހަކު 6-8 ގަޑިއިރުގެ ނިދި ހަށިގަނޑަށް ބޭނުންވާނެއެވެ.

ފެން ނުބޮވުން: ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބޯށެވެ. މިއީ މަސައްކަތް ކުރާއިރު އެކަންތައް އެންމެ ފުރިހަމައަށް ކުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.

ނެގެޓިވް ވިސްނުން: ކޮންމެ ކަމެއް ކުރިނަމަވެސް، ކޮންމެ ކަމެއް ދިމާވި ނަމަވެސް އެކަންތައް ނެގެޓިވްކޮށް ނެގުމަކީ ކުރިއަށްދާން އޮތް ހުރަހެކެވެ. މިސާލަކަށް ޖިމަށް ދާ މީހާ، ތިމަންނަ މާފަލައޭ، ހިކުމަކީ ވާނެ ކަމެއް ނޫނޭ ހިތަށް އަރުވައިގެން ގޭގައިއޮތުމަކީ ހައްލެއް ނޫނެވެ. ނަތީޖާ ބޭނުންނަމަ ކެރިގެން ކުރިމަތިލާށެވެ.

ހެލްތް ޑައިޖެސްޓް

comment ކޮމެންޓް