އެސްޓީއޯ އިން ބާޒާރުގައި ޑީސަލް ވިއްކާ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

އެސްޓީއޯއިން އަނެއްކާވެސް ޑީސަލްގެ އަގު ބޮޑު ކުރުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގު އަނެއްކާ ވެސް ބޮޑު ކޮށްފި އެވެ.

އެސްޓީއޯ އިން ޑީސަލްގެ އަގު މި ރަމަޟާން މަހުގައި ބޮޑު ކުރި މިއީ ދެވަނަ ފަހަރެވެ.

އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 10 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑީސަލްގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަގަަށް ގެނައި ބަދަލާ އެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.23 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ޑީސަލް ލީޓަރަކުން 31 ލާރި ބޮޑުކޮށް 10.72 ރުފިޔާއަށް ޑީސަލް ލީޓަރެއްގެ އަގު ބޮޑުކޮށްފަ އެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހު ޑީސަލް ލީޓަރަކުން 41 ލާރި ބޮޑުކޮށް 11.13 ރުފިޔާއަށް ޑީސަލް ލީޓަރެއްގެ އަގު ބޮޑު ކޮށްފަ އެވެ.

comment ކޮމެންޓް