އައިފޯނު އެކްސްގެ އަގު ވަރަށް ބޮޑުތަން ހެޔޮކުރަނީ!

އެޕަލް ކުންފުނިން ބާޒާރަށް އެންމެ ފަހުން ނެރުނު އައިފޯން އެކްސް ދިރާގުން ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕަލްގެ އަގުބޮޑު ފޯނު، އައިފޯނު އެކްސްގެ އަގު ވަރަށް ބޮޑުތަން ހެޔޮކުރަން އެޕަލްއިން ނިންމައިފިއެވެ.

ފޯބްސް އިން ބުނާގޮތުން އައިފޯނު އެކްސްގެ އަގުން 300 ޑޮލަރު އަގުހެޔޮކުރަން އެޕަލްއިން ވަނީ ނިންމައިފައެވެ. އައިފޯނު އެކްސް ބާޒާރަށް ނެރުނު އިރު އަގު ހުރީ 999 ޑޮލަރުގައެވެ. ނަމަވެސް އެޕަލްގެ މި ފޯނުގެ އަގުބޮޑުކަމުން އައިފޯނު އެކްސްގެ ވިޔަފާރި ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

މިއާއެކު އެޕަލްއިން ނިންމާފައިވަނީ މިއަހަރު އައިފޯނު އެކްސްގެ އަގުހެޔޮ މޮޑެލްތަކެއް ބާޒާރަށް ނެރުމަށެވެ. އައިފޯނު އެކްސް، އައިފޯނު އެކްސް ޕްލަސް އަދި ބަޖެޓް އައިފޯނު އެކްސް އެއް މިއަހަރު ނެރެން ނިންމާފައިވާ ކަމަށާއި މި ފޯނުތަކުގެ އަގު އުޅޭނީ 800 ޑޮލަރު، 900 ޑޮލަރު އަދި 600 ޑޮލަރަށެވެ.

މި ފޯނުތައް ސެޕްޓެމްބަރު ހިސާބުގައި ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް