ތިމާވެށީގެ ދުވަހާ ގުޅިގެން ބާއްވާ ފޮޓޯ މުބާާރާތުގެ އެއްވަނައަށް 10،000 ރުފިޔާ

ރާއްޖޭގެ މޫދަށް އަޅަމުންދާ ޕްލާސްޓިކްތަކަށް ހޭލުންތެރި ކުރުވުމަށް ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: މާކް ޓިޕަލް

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ފޮޓޯޯ މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ފޮޓޯ މުބާރާތުގެ މައުލޫއެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ "ދެމެހެއްޓެނިވި ތަރައްގީއަށް ދިރޭތަކެތީގެ ނަސްލު" އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފޮޓޯ މުބާރާތުގައި ދެ ކެޓަގަރީއަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފޮޓޯ މުބާރަތުގެ ކެޓަގަރީތައް:

  • މުރަކައިގެ ފަރުތަކުގެ ދިރުން
  • ތިމާވެއްޓަށް ކުރާ އަސަރުތައް

ފޮޓޯ މުބާރާތުގެ އިނާމުތައް:

  • އެއްވަނަ - 10،000 ރުފިޔާ
  • ދެވަނަ - 7500 ރުފިޔާ
  • ތިންވަނަ - 5000 ރުފިޔާ

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ފޮޓޯ މުބާރާތް އިންސާފުކުރުމުގައި ފޮޓޯ ހުށަހަޅާ ކެޓަގަރީއާ ގުޅުންހުރި މިންވަރުގެ އިތުރުން އުފެއްދުންތެރިކަމާއި ފަންނުވެރިކަން އަދި ޓެކްނިކަލް ފެންވަރާއި ކޮލެޓީއަށް ބަލާނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ފޮޓޯގެ ސޮފްޓްކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް