ފެނުގެ ވިއުގަ މިރޭ މަރާމާތު ކުރަނީ، ފެނުގެ ޕްރެޝަރު ދަށްވެދާނެ: އެމްޑަބްލިއުއެސްސީ

މީގެ ކުރިން ފެންހޮޅިއަކަށް ގެންލުންވުމުން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ: އަހުމަދު މުޖުތަބާ

ފެނުގެ ވިއުގަ މިރޭ މަރާމާތުކުރާތީ މާލޭގެ ބައެއް ހިސާބުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިރޭ ރޭގަނޑު 11 އިން ތިނަކަށް ފެނުގެ ވިއުގައިގެ މަރާމަތު މަސައްކަތްތަކެއް ކުރުމަށް ހަމޖެހިފައިވާ ކަމަށެވެ.

"އަމީނީމަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25 އަދި އަމީނީމަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54 އާއި އަމީނީމަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55 އާއި އަމީނީމަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55ގެ ފެނުގެ ނިޒާމުގެ ޕްރެޝަރު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ." އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައި ބުނެެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތަށް ބުރޫ އެރުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މައި ފެން ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ރޭ ވެސް ފެނުގެ ހިދުމަތަށް ބުރޫއެރި އެވެ.

comment ކޮމެންޓް