ހޮންކޮންގް އިންޓަނޭޝަނަލް އެކްސްޕޯގައި މަޓާޓޯއިން ބައިވެރިވެއްޖެ

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް (ކ) އަދި ޑެޕިއުޓީ އެސްޖީ އަސްރާ ނަސީމް --

މިމަހުގެ 14 އިން 17 އަށް ހޮންގްކޮންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓްރެވެލް އެކްސްޕޯގައި މަޓާޓޯއިން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކާއެކު މި ފެއާގައި މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރުމަށް ޑޭސްޓިނޭޝަން ޕެވީލިއަންއެއް ބަހައްޓާނެއެވެ.

މި އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ރާއްޖެއިން ބައިވެރިވީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، އެކްސައިޓިން ޓްރެވަލް ހޮލިޑޭސް، ވިސްޓާ ކޮމްޕެނީ އެންޑް ޓްރެވަލް ސާވިސަސް އަދި ވެލާނާ ބީޗްއެވެ.

މިއީ ހޮންކޮންގް ގައި ބާއްވާ ހަމައެކަނި ޓްރެވަލް ފެއާއަށް ވާއިރު ޗައިނާގެ ދެކުނުގެ ސިޓީތަކުންވެސް މި ފެއާގައި ބައިވެރިވާނެއެވެ.

ހޮންކޮންގް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ގެންދާ މި ފެއާގެ ފުރަތަމަ ދެ ދުވަސް ހާއްސަ ކޮށްފައިވަނީ ބިޒްނަސް-ޓު-ބިޒްނަސް ބައްދަލުވުންތަކަށެވެ. އަދި އެންމެ ފަހު ދުވަހު ކުރިއަށް ގެންދާނީ ބިޒްނަސް ޓު ކޮންސިއުމާސް ސެޝަންތަކެވެ.

comment ކޮމެންޓް