އަރަންވީ ކޮންކަހަލަ ބޫޓަކަށް؟

ހެދުން ފުރިހަމަވާނީ ރީތި ބޫޓަކަށްވެސް އެރީމައެވެ. ހެދުމާ ގުޅޭ، މީހާއަށް ފަސޭހަ ބޫޓަކަށް އެރީމައެވެ.

ހާވާޑް ޔުނިވާސިޓީގެ ހިއުމަން އިވޮލިއުޝަނަރީ ބަޔޮލަޖީ ޑިޕާޓްމެންޓްގެ ހެޑް، ޑޭނިއަލް ލިބާމޭން ވިދާޅުވާގޮތުގައި ހިޔާރު ކުރާ ބޫޓެއްގެ ސަބަބުން ފައިތިލަޔަށް ގެއްލުން ލިބެއެވެ. އެ ބޭފުޅުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބަލާލާފައިވަނީ ހުސްފައިގައި ދުވުމުންނާ ބޫޓުގައި ދުވުމުން ފަޔަށް ލިބޭ ގެއްލުންތަކަށެވެ. އޭގެ ނަތީޖާ ދައްކާގޮތުން ބޫޓުގައި ދުވުމަކީ ލޯންގް ރަން އަށް ބަލާނަމަ ފައިތިލައަށް ގެންލުން ބޮޑު ކަމެކެވެ.

އިތުރު ތަފްސީލު ދެއްވަމުން ޑޭނިއަލް ވިދާޅުވެފައިވަނީ ބޫޓަށް އެރުމުން ފައިތިލައިގެ މަސްގަނޑު އިންނާނީ ރައްކާތެރި ވެފައި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފައިތިލައިގެ މަސްތަކަށް ލިބެންޖެހޭ އެކްސަސައިޒް ނުލިބޭނެ ކަމަށެވެ.

އާންމުކޮށް އަރައި އުޅޭ ބޫޓުތަކަށް ބަލާއިރު ހައިހީލްސްއަށް އެރުމަށްވުރެ ސްނީކާސްއަށް އެރުމަކީ ފައިގެ ސިއްހީ މައްސަލަތައް ކުޑަކޮށްދޭނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހައި ހީލްސްއަށް އެރުމަކީ ފައިގެ މަސްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި ފައިގެ މަސްގަނޑާއި ނާރުގެ މައްސަލަތައްވެސް އޭގެ ސަބަބުން ދިމާވާނެކަން ޑޭނިއަލް ވަނީ ފާހަގަ ކުރައްވައިފައެވެ. އުމުރުން ދުވަސްވާވަރަކަށް އޭގެ އަސަރުތައް ބޮޑުވާނެކަން ފާހަގަ ކުރައްވައި ޑޭނިއަލް ވިދާޅުވީ ހައި ހީލްސްއަށް ފައިގެ މަސްތަކާއި ނާރުތައް ނުހޭނޭނެ ކަމަށެވެ.

comment ކޮމެންޓް