ރެސިޕީ: ގްރިލްޑް ޕައިންއެޕަލް ވިތު ނަޓެއްލާ

ބޭނުންވާނެ ތަކެތި:

  • 1 އަލަނާސި (މެދު ނަގައި ސާފުކޮށް، ވަށްފޮއްޗަށް ކޮށާފައި)
  • 1 ޖޯޑު ކްރީމް ޗީޒް
  • 1/4 ޖޯޑު ބަޓަރު
  • 1/2 ޖޯޑު ވިޕްޑް ކްރީމް
  • 1/2 ސައިސަމްސާ ވެނީލާ އެސެންސް
  • 2/3 ޖޯޑު ނަޓެއްލާ
  • ހެޒްލް ނަޓް (ރޯސްޓް ކޮށްފައި)
  • އޮލިވްއޮއިލް ފޮދެއް

ތައްޔާރު ކުރާނެ ގޮތް:

ކްރީމް ޗީޒް، ވިޕް ކްރީމް އަދި ބަޓަރުކޮޅު އަދި ވެނީލާ އެސެންސްކޮޅު އެއްކޮށްލާށެވެ. ދެން ބާބަކިއު ގްރިލް އެއްގައި ނޫނީ އިންޑޯ ގްރިލް އެއްގައި ތެޔޮ އުނގުޅާފައި އަލަނާސި ފޮތިތައް ފިހެލާށެވެ.

ނަޓެއްލާ ކޮޅު، ކުރިން ތައްޔާރުކުރި ކްރީމް ކޮޅާ އެއްކޮށްލާ މައިކްރޯވޭވް ކޮށްލާށެވެ. ދިޔާވުމުން މިކްސް ކޮށްލާނީއެވެ. ދެން ޓްރޭއެއްގައި މީގެ އެތިކޮޅެއް އުނގުޅާލާ އަލަނާސިފޮތިތައް އަތުރާލާށެވެ. އަލަނާސި ފޮތިތަކުގެ މައްޗަށް ޗޮކްލެޓްް މިކްސް އަޅާލުމަށްފަހު، މައްޗަށް ހެޒްލްނަޓްކޮޅު ބުރުވާލާށެވެ.

comment ކޮމެންޓް