އެގާރަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް ތ. ގުރައިދޫ ނެރުމައްޗަށް އަރައިފި

"ނިޔާމަ" ބޯޓު--- ފޮޓޯ/ ޕޮލިސް

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި "ނިޔާމަ" ބޯޓް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ "ނިޔާމަ" ނަމަކަށް ކިޔާ ބޯޓެއް ނެރުމައްޗަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށެވެ. އަދި ބޯޓް ފުންކުރުމުގެ މަސައްކަތުގައި ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން މިހާރު ހަރަކާތްތެރިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ބޯޓު ނެރުމައްޗަށް އެރިއިރު ބޯޓުގައި ޖުމްލަ 11 މީހުން ދަތުރުކުރިއެވެ. އެއީ ތިން ދިވެހިންނާއި އަށް ބިދޭސީންނެވެ.

comment ކޮމެންޓް