ބީއެމްއެލްއިން ކުރިއަށްގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫއެވެ. އޭނާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ހިންގި ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2،300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ލުއި ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.

20،000 ރުފިޔާއިން އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ބީއެމްއެލްއިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާއެއްވެސް އަދި ކޯޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެއެވެ.

comment ކޮމެންޓް