ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަނެއްކާވެސް ޖުނައިދު

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަކަށް ޖުނައިދު އައްޔަނު ކުރެއްވުން--- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް، މީގެ ކުރިން އެމަގާމު ފުރުއްވި މުހައްމަދު ޖުނައިދު އައްޔަނު ކުރައްވައިފިއެވެ.

ސ.މީދޫ ކެނެރީވިލާ މުހައްމަދު ޖުނައިދު އެ މަގާމަށް އައްޔަނު ކުރެއްވީ މިއަދުއެވެ.

ޖުނައިދަކީ މީގެ ކުރިންވެސް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވައިފައެވެ.

https://sun.mv/86642

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަގާމުން އިސްތިއުފާދެއްވީ އާއިލާއަށް ވަގުތު ދެއްވުމަށްކަމަށް ޖުނައިދު ވަނީ އޭރު ވިދާޅުވެފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިބްރާހިމް ޝަރީފެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޝަރީފް އިއްޔެ ވަނީ ވަކިކޮށް، އޮސްޓްރޭލިޔާގެ މެލްބަންގައި ހުންނަ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވުގެ މަގާމަށް އައްޔަނުކޮށްފައެވެ.

comment ކޮމެންޓް