ރެސިޕީ: ޗިކަން ކަސަޑިޔާ

ބޭނުންވާނެ ތަކެތި

 • 500 ގްރާމް ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
 • 1 ފިޔާ (ކުދިކޮށް ކޮށާފައި)
 • 2 ފެހި ބެލް ޕެޕާ (ކިއުބްކޮށް ކޮށާފައި)
 • 2 ރަތް ބެލް ޕެޕާ (ކިއުބްކޮށް ކޮށާފައި)
 • 1 ސައިސަމްސާ ތެޅި މިރުސް
 • 1 ސައިސަމްސާ ގާލިކް ޕައުޑަރު
 • 1 ސައިސަމްސާ ލޮނު
 • 1 ސައިސަމްސާ އަސޭމިރުސް
 • 10 ޓޯޓިލާ ރޮށި
 • 2 1/2 ޖޯޑު ޗީޒް (ގާނާފައި)
 • ތެޔޮ ފޮދެއް

ތައްޔާރު ކުރާނެ ގޮތް

ފިޔާ ކޮޅު ރަތްކޮށްލާށެވެ. އޭގެ ތެރެއަށްް ކުކުޅު ކޮޅު އަޅާލާށެވެ. ދެން ކުކުޅު ރޯފިލަން ފެށުމުން ތެޅިމިރުސް، ގާލިކް ޕައުޑަރު، ލޮނު، އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބެލް ޕެޕާކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ޓޯޓިލާ ރޮށީގައި ކުކުޅު ކޮޅެއް ފަތުރާލާ އޭގެ މައްޗަށް ޗީޒްކޮޅެއް އަޅާ ފަތް ޖަހާލާށެވެ. ހުރިހާ ރޮއްޓެއް ތައްޔާރުކޮށްލުމަށްފަހު ޗީޒްކޮޅު ވިރެންދެން އަވަނުން ފިހެލާނީ އެވެ.

comment ކޮމެންޓް