ފޭސްބުކަށް އޮތް މަގުބޫލުކަން ދަށްވަނީ

މީގެ ހައެއްކަ ނޫނީ އަށެއްކަ އަހަރު ކުރިއަށް ބަލާއިރު، ފުރާވަރުގެ އުމުރު ކުދިންގެެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ފޭސްބުކް އެވެ. އުމުރުން 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފޭސްބުކަށް ފުރާވަރުގެ އުމުރުގެ ކުދިންގެ މެދުގައި އޮތް މަގުބޫލުކަން މިހާރު މިވަނީ ދަށްވާން ފަށައިފައެވެ.

ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުން އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ފޭސްބުކް ބޭނުންކުރާ ކުދިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.

މި ދިރާސާއިން ދައްކާގޮތުން ފޭސްބުކް ވައްޓާލުމަށްފަހު ފުރާވަރުގެ އުމުރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލީ ސްނެޕް ޗެޓް އަދި ޔޫޓިއުބް އެވެ. އިންސްޓަގްރާމް އާއި ޓްވިޓާވެސް ވަނީ ފޭސްބުކް އާ އަޅާބަލާއިރު މަގުބޫލުކަން ހޯދައިފައެވެ.

މި ހުރިހާ އެޕްލިކޭޝަނެއްގެ ތެރެއިންވެސް އެއްވަނަ ހޯދާފައިވަނީ ސްނެޕްޗެޓެވެ.

ފޭސްބުކްގެ ޑެއިލީ ގްރޯތުވެސް މިހާރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި ފޭސްބުކަށްވުރެ އިންސްޓަގްރާމް ކުރިހޯދާފައިވާއިރު ހަމައެކަނި އެމެރިކާ އާއި ކެނެޑާގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވަނީ 185 މިލިއަނަށް ދަށްވެފައެވެ.

comment ކޮމެންޓް