ރެސިޕީ: ސްޕައިސީ އެގްސް

ބޭނުންވާނެ ތަކެތި

  • 2 ބިސް
  • 2 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 މިރުސް (ކޮށާފައި)
  • 15 ގްރާމް ބަޓަރު
  • 25 ގްރާމް ބެލް ޕެޕާ (ރަތް ކުލަ، ހަނިދިގަށް ކޮށާފައި)
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 1/3 ސައިސަމުސާ މުގުރި މިރުސް
  • ލޮނުކޮޅެއް
  • ފެން ފޮދެއް
  • އަސޭމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ބަޓަރުކޮޅު ދިޔާކޮށްލާށެވެ. އޭގެ ތެރެއަށް ފިޔާކޮޅު އަޅާ ހަނާކޮށްލާށެެވެ. އެއަށްފަހު ލޮނުމެދު ކޮޅާއި ރެޑް ޕެޕަރ އަޅާލުމަށްފަހު ދެތިން މިނެޓް ވަންދެން ހަނާކޮށްލާށެެވެ. ދެން މުގުރި މިރުހާއި ރޯ މިރުސް، 2 މޭޒުމަތީ ސަމުސާ ފެން އަޅާ ބޮކި ޖަހަންދެން ކައްކާށެވެ. ކެކެން ފެށުމުން ބިހުގެ ގޮބޮޅި ނުފެޅޭނެހެން ބިސްތަޅާފައި އަޅާށެވެ. އޭގެ މައްޗަށް ލޮނާއި އަސޭމިރުސް އަޅާށެވެ.

comment ކޮމެންޓް