ޝަންހާއީ ފިލްމު ފެސްޓިވަލްގައި ޕަދްމާވަތު ވާދަކުރަނީ

"ޕަދްމާވަތީ"ގައި ހިމެނޭ ތިން ލީޑް ތަރިން: ފިލްމް ވަނީ އެމެރިކާގައި ވެސް އަޅުވަން ނިންމާފައި

މި އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމު "ޕަދްމާވަތު" ޝަންހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި (އެސްއައިއެފްއެފް)ގައި ވާދަކުރާކަން އިއުލާންކޮށްފި އެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމު ފެސްޓިވަލްގައި ވާދަކުރާނެ ކަމަށް ވަނީ އެ ފިލްމުގެ ޓްވިޓާ އެކައުންޓްގައި ވެސް އިއުލާންކޮށްފަ އެވެ.

އެކާވީސް ވަނަ ފިލްމު ފެސްޓިވަލް މި އަހަރު އޮންނާނީ މި މަހުގެ 16-25 އަށް ޗައިނާގެ ޝަންހާއީގަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިލްމުތައް އެ ފެސްޓިވަލްގައި ބައިވެރިކުރާއިރު ޗައިނާ އަކީ ހިންދީ ފިލްމަށް ނުހަނު ތަރުހީބު ކުރާ ބައެކެވެ.

ފިލްމަށް ޖުމްލަ 585 ކްރޯޑް ރުޕީސް (89.8 މިލިއަން ޑޮލަރު) ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު އެސްއައިއެފްއެފްގައި 106 ގައުމަކުން ވަނީ 2،528 ފިލްމު ވާދަކޮށްފަ އެވެ.

އެ ފަހަރުގެ ފެސްޓިވަލްގެ އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ ޕޮލެންޑްގެ "އައި އެމް އަ ކިލާ" އެވެ.

ޕަދްމާވަތީ އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.

ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.

މަސްދަރު: ނާގަޕޫރު ޓުޑޭ

comment ކޮމެންޓް