އޮންވީ: ރީތިވުމަށް ބޭނުންވާ އޯގަނިކް އުފެއްދުންތަކަށް ޚާއްސަ

އޮންވީ ފިހާރަ: ޒީނަތްތެރިވުމަށް ބޭނުންވާ އޯގަނިކް އުފެއްދުންތައް ލިބޭނެ --- ފޮޓޯ އޮންވީ

ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުގެ އަދަދު ގިނައެވެ. އާންމުކޮށް ބާޒާރުން ގަންނަން ލިބޭ މިފަދަ އުފެއްދުންތަކަކީ ގިނަ ކެމިކަލް އެކުލެވޭ އުފެއްދުންތަކެވެ. މީގެ ސަބަބުން ހަންގަނޑަށް ގިނަ ގެއްލުންތައް ލިބި ހަމުގެ ބަލިތަކަށްވެސް މަގުފަހިވެއެވެ.

މި ކަންކަމަށް ހައްލު ގެނެސްދީ، ކޮސްމެޓިކްސް އިން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުން ކުރުން އެންމެ ރަނގަޅީ އޯގަނިކް އުފެއްދުންތައް ނޫނީ ކެމިކަލް އެކުލެވޭ މިންވަރު މަދު އުފެއްދުންތަކެވެ. މިހާރު މާލެއިންވެސް މިފަދަ އުފެއްދުންތައް ލިބޭނެއެވެ.

އޯކިޑް މަގުގެ ސަމުގާ ކުރިމަތީގައި ހުޅުވި އޮން ވީ ފިހާރައަކީ ރީތިވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ އުފެއްދުންތަކަށް ހާއްސަކޮށް އޯގަނިކް، ނެޗުރަލް އުފެއްދުންތައް ވިއްކުމަށް ހާއްސަ ފިހާރައެކެވެ.

އޮންވީ ފިހާރަ: ޒީނަތްތެރިވުމަށް ބޭނުންވާ އޯގަނިކް އުފެއްދުންތައް ލިބޭނެ --- ފޮޓޯ އޮންވީ

މި ފިހާރައިން އެމެރިކާ، އިނގިރޭސިވިލާތް، ޕޮލެންޑް އަދި ޖާރމަނީގެ އޯރގޭނިކް ބާވަތްތައް ވިއްކަން ހާއްސަ ކުންފުނިތަކުގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

މި އުފެއްދުންތަކަކީ ކިމް ކަރްޑާޝިއަން، ކްލޯއި ކަރްޑާޝިއަން، ރީޓާ އޯރާ،ކްލައުޑިއާ ޝިފަރ، މެޑޯނާ، ކޭޓީ ޕެރީ، ޓޭލަރ ސްވިފްޓް، މައިލީ ސައިރަސް އަދި ކައިލީ މިނޯގް ފަދަ މަޝްހޫރު މީހުން ބޭނުންކޮށްފައިވާ، އެމީހުންގެ ތައުރީފް ލިބިފައިވާ އުފެއްދުން ތަކެކެވެ.

ކޮސްމެޓިކްސްގެ އިތުރުން ސިއްހަތަށް ފައިދާހުރި ސަޕްލިމެންޓްސްވެސް އެ ފިހާރައިން ލިބޭނެއެވެ. މީގެ ތެރޭގައި ކަށި ވަރުގަދަ ކުރުމަށާއި މެޓަބޮލިސަމް ރެގިއުލޭޓް ކުރުމަށާއި ހަންގަނޑު ރީތި ކުރުމަށް ހާއްސަ ސަޕްލިމެންޓްސް ހިމެނެއެވެ.

އޮންވީ އިން ލިބެން ހުންނަ އުފެއްދުންތަކުގެ ތެރޭގައި ޝޭމްފޫ، ކޮންޑިޝަނަރ، ލޯޝަން، ސްކްރަބް، މާސްކް،އެންޓި ރިންކްލް ކްރީމް، ޑިއޯޑޮރައިޒަރ، ޕައުޑަރ، މަސާޖް އޮއިލްސް، ފޭސް ވޮޝް، ކޮންސީލަރ، ލިޕްސްޓިކް، މަސްކަރާ، ވައިޕްސް އަދި ސެންޓު ހިމެނެއެވެ.

comment ކޮމެންޓް