އުރީދޫ ޓެކްސްޓް އަ ކޮފީ މިހާރު މާ ސަޅި!

ދެހާސް ފަނަރަ ވަނަ އަހަރު އުރީދޫއިން ތައާރަފްކުރި "ޓެކްސްޓް އަ ކޮފީ" ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.

މި ބަދަލާއެކު މައި އުރީދޫ އެޕް ނުވަތަ ޓެކްސް އަ ކޮފީގެ އައު ވެބް ޕޯޓަލް މެދުވެރިކޮށް، ބޭނުން ފަރާތަކަށް ކޮފީގެ އިތުރުން އައިސްކްރީމް އާއި ސޭންޑްވިޗް ފަދަ ތަކެތި ހަދިޔާ ކުރެވޭނެއެވެ.

"އެހެން ގައުމުތަކާ ޚިލާފަށް، "ކޮފީއަކަށް ދިއުން" ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް. އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް މި ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށްލަން، ވަރަށްވެސް ތަފާތު ފުރުސަތެއް. މި އުފެއްދުންތެރި އަދި ބޭނުންކުރަން މަޖާ ޚިދުމަތް މެދުވެރިކޮށް، ކޮފީއެއް، ކާއެއްޗެއް ނުވަތަ އައިސްކްރީމް އެއްވެސް ހަދިޔާކޮށްލެވޭނެ،" އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ޓެކްސްޓް އަ ކޮފީއަށް މީގެ ކުރިންވެސް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް މި ތައާރަފްކުރި އަޕްޓޭޑްތަކާއި އެކު، ކަސްޓަމަރުންނަށް މި ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް."

މައި އުރީދޫ އެޕް އަދި ޓެކްސްޓް އަ ކޮފީގެ ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށް، މިހާރު އުރީދޫ ކަސްޓަމަރުންނަށް މި ޚިދުމަތް ތަޖުރިބާ ކުރެވޭނެއެވެ.

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މި ޚިދުމަތް ބޭނުން ކުރެވޭނެއެވެ. މޮބައިލް އެކައުންޓް މެދުވެރިކޮށް ކުރިއެކޭވެސް އެއްގޮތަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެއެވެ.

އަލަށް ތައާރަފްކޮށްފައިވާ ޓެކްސްޓް އަ ކޮފީ މެނޫގައި، ކެފޭ ލަޔާ، ދަ ސޭންޑްވިޗް ބާ އަދީ މޫވެންޕިކް ވަނީ ހިމަނައިފައެވެ.

ޓެކްސް އަ ކޮފީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް ކޮފީއެއް ހަދިޔާ ކޮށްލެވޭނެއެވެ. ހަދިޔާކޮށްލުމާ އެކު، ހަދިޔާ ލިބޭ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް، ހަދިޔާގެ މައުލޫމާތާއި ޓްރާންސެކްޝަން ކޯޑެއް ހިމެނޭ ކޮންފަމޭޝަން މެސެޖެއް ލިބިގެންދާނެއެވެ. މިގޮތުން، ހަދިޔާ ލިބިގަތުމަށް، ކެފޭ ނުވަތަ ރެސްޓޯރަންޓަށް ދިއުމަށްފަހު އެ ޓްރާންސެކްޝަން ކޯޑް ހިއްސާކޮށްލުމުން ހިދުމަތް ބޭނުން ކުރެވޭނެއެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށްވެސް، ތަފާތު ހަދިޔާ ފޮނުވޭނެ ގޮތަށް، ކުރިއަށް އޮތްތަނުގައި އުރީދޫގެ ޓެކްސްޓް އަ ކޮފީ މެނޫ އިތުރަށް ފުޅާކުރާނެ ކަމަށެވެ.

comment ކޮމެންޓް