މަޑިފުށީ ޒުވާނުންގެ މަރުކަޒު ހުުޅުވައިފި

ތ. މަޑިފުށީގައި އިއްޔެ ހުޅުވި ޒުވާނުންގެ މަރުކަޒު ---

ޔޫތު މިނިސްޓްރީން ތ. މަޑިފުށީގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

މަޑިފުށީ ޒުވާނުންގެ މަރުކަޒު ހުޅުވާފައިވަނީ ޔޫތު މިނިސްޓްރީން މިހާރު ތ. އަތޮޅަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިންނެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނިޝާއުއާއި ކޯޑިނޭޓަރު އަހުމަދު އައިފާން ވަނީ ތ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ޒުވާނުންނާއި ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުންތަކުގައި ޔޫތު މިނިސްޓްރީން ތ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ޒުވާނުންގެ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މިހާރު 26 ޒުވާނުންގެ މަރުކަޒެއް ކައުންސިލްތަކާ ހަވާލުކޮށްފައިވާ އިރު، މި ސަރުކާރުން ވަނީ 30 އަށްވުރެ ގިނަ ޒުވާނުންގެ މަރުކަޒު ގާއިމްކޮށްފައެވެ.

comment ކޮމެންޓް