އަންގާރަ ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވި ޒުވާނާ އަދިވެސް ހޭނާރާ އައިސީޔޫގައި

ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް: މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ސީރިއަސް ހާލަތެއްގައި --- ސަން ފައިލް ފޮޓޯ

މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އަދިވެސް ހޭ ނާރައި އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

އަންގާރަ ދުވަހު ހަވީރު 4:30 ހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓު އިމާރާތުގެ ކައިރީގައި ދެ ސައިކަލެއް ޖެހިގެންނެވެ.

އެނގިިފައިވާ ގޮތުގައި، 32 އަހަރުގެ އެ ޒުވާނާ އެކްސިޑެންޓްވުމުން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އާއިލާއިން ބޭނުންވެގެން އޭނާ ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ސަން" އަށް ބުނީ އެކްސިޑެންޓްވި ޒުވާނާ ހުޅުމާލޭ ހޮސްޕޮޓަލަށް ގެންދިޔަ އިރު ވެސް އޮތީ ހޭ ނެތިފައެވެ. އަދި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރުމުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވަނީ ބޮލުގެ ސާޖަރީއެއް ވެސް ހަދާފައެވެ.

އެނގިފައިވާ ގޮތުގައި ސާޖަރީއަށް ފަހު ވެސް ޒުވާނާ އަދި ހޭ ނާރައެވެ.

އެކަމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް