ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

މާފުށީ ޖަލު ---ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ބުނީ، ހުކުމްތަންފީޒު ކުރަމުންދިޔަ ޤައިދީއެއް މިރޭ ނިޔާވެފައިވާ ކަމަށެވެ.

ޖަލުގައި މިރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ގ. ފެހިމާ، އުމުރުން 30 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށް ކަރެކްޝަންސުން މައުލޫމާތުދެއެވެ.

އަލީ އަބްދުﷲ ނިޔާވާން މެދުވެރިވި ސަބަބެއް ކަރެކްޝަންސުން އަދި ސާފެއް ނުވެއެވެ.

https://sun.mv/31758

ކަރެކްޝަންސް އިން ބުނީ، މިރޭ ނިޔާވި ޒުވާނާއަކީ 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ ޤައިދީއެއް ކަމަށެވެ. އޭނާއަކީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން ދާ ޒުވާނެކެވެ.

comment ކޮމެންޓް