މާދަމާ އިން ފެށިގެން ސިވިލް ކޯޓު ރިސެސްއަށް

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިން: އެ ކޯޓު ވަނީ ރިސެސްއަށް ގޮސްފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާދަމާ އިން ފެށިގެން ސިވިލް ކޯޓް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ގޮތުން މާދަމާ އިން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަކުން އާންމުކޮށް މައްސަލަތައް ބަލަމަކުން ނުދާނެއެވެ.

ސިވިލް ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ދާނެއެވެ. އަދި ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ބައްލަވާ ގާޒީ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދިހަ ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހެވެ.

comment ކޮމެންޓް