ބާރަށު ސްކޫލުގައި 12 ކްލާސްރޫމް އެޅުމަށް 14 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި

ބާރަށު ސްކޫލުގައި ތިން ބުރީގެ 12 ކްލާސްރޫމް އެޅުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެެ ތެެރެއިން---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހއ. ބާރަށު ސްކޫލުގައި ތިން ބުރީގެ 12 ކްލާސްރޫމް އެޅުމަށް 14.4 މިލިއަން ރުފިޔާއަށް ވޯޓާޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެކްޒިކިއުޓިވް އިބްރާހިމް އިސްމާއިލް އަލީ އެވެ. އަދި ވޯޓާޕާކްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާހް އެވެ.

އެއްބަސްވުމުގެ ދަށުން ނުވަ ފާހާނާ އަކާއި ސައިންސް ލެބޯރަޓަރީ އަކާއި އަދި ހޯލްއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ބާރަށު ސްކޫލުގައި ތިން ބުރީގެ 12 ކްލާސްރޫމް އެޅުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެެ ތެެރެއިން---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު އޮގަސްޓް މަހު މަސައްކަތް ނިންމާލައި 2020 ވަނަ އަހަރު ފުރަތަމަ ޓާމްގައި ކިޔެވެން ފެށެންވާއިރަށް އިމާރާތް ބޭނުންކުރަން ފެށި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެން ދާނެ ކަމަށެވެ.

ގްރޭޑް އެކަކުން ބާރައަށް ކިޔަވައިދޭ ބާރަށު ސްކޫލުގައި 325 ދަރިވަރުން މިހާރު އަންނަނީ ކިޔަވަމުންނެވެ. އެ ސްކޫލުގައި މިހާރު ދަރިވަރުން ކިޔަވަމުން ދަނީ 10 ކްލާސްރޫމްގަ އެވެ.

comment ކޮމެންޓް