ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުގެ ތަރިއަކަށްވާނީ ރަޝްފޯޑު!

މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރެޝްފޯޑް --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަކީ މާކަސް ރަޝްފާޑަށް ފެންވަރު ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި އޭނާއަކީ އިނގިރޭސި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް އެޝްލީ ޔަންގް ބުނެފިއެވެ.

އިނގިރޭސި ގައުމީ ޓީމުން މިފަހަރުގެ ވޯލްޑް ކަޕަށް ފޮނުވަން ނިންމާފައި ވަނީ ޒުވާން ސްކޮޑެކެވެ. އުމުރުން 32 އަހަރުގެ ޔަންގްގެ އިތުރުން އިނގެރޭސި ޓީމުން އިއުލާން ކުރި 23 ކުޅުންތެރިންގެ ސްކޮޑުގައި ދެން ހިމެނެނީ 30 އަހަރުން މަތީގެ އެންމެ ދެ ކުޅުންތެރިއެކެވެ. އެއީ ޗެލްސީގެ ގެރީ ކެހިލްއާއި ލެސްޓާ ސިޓީގެ ޖޭމީ ވާޑީއެވެ.

އިނގިރޭސި ގައުމީ ޓީމުން ކުޅުނު ކޮލިފިކޭޝަން މެޗުތަކުގެ ގިނަ މެޗުތަކުގެ ސްކޮޑުގައި ޔަންގް ނުހިމެނުނު ނަމަވެސް އޭނާ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިފައި ވަނީ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއެކު ދެއްކި ކުޅުމާއެކުގައެވެ. ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ޔަންގް ބުނެފައި ވަނީ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމަށާއި، ރަޝްފޯޑުގެ ހުނަރު ދައްކާލަން އޭނާ ޖެހޭނެ ކަމަށެވެ.

"ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް. ރަޝްފޯޑް ހުރި ލެވެލް އޭނާ ދައްކާލަން އެބަ ޖެހޭ. އޭނާގެ ކުޅުމަށް އައި ކުރިއެރުމާ އޭނާގެ ބޭނުންތެރިކަން،" އެޝްލީ ޔަންގް ބުންޏެވެ.

ޔަންގް ބުނީ ރަޝްފޯޑަކީ މެންޗެސްޓާ ޔުނައިޓެޑުގައި ހިމެނޭ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށާއި، ކްލަބުގައި ދައްކާ ކުޅުން ރަޝްފޯޑަށް ގައުމީ ޓީމުގައި ދެއްކޭނެ ކަމަށެވެ.

ރަޝްފޯޑު އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު ކުޅުނީ 2016 ވަނަ އަހަރުގައެވެ. ފުރަތަމަ މެޗުގައިވެސް އޭނާ ގައުމީ ޓީމަށް ގޯލް ޖަހައިދިން އިރު، އެއަހަރު ޔޫރޯގައިވެސް ރެޝްފޯޑު ވަނީ އިނގިރޭސި ޓީމަށް ގޯލް ޖަހައިދީފައެވެ. މިއަހަރު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕް ވެގެންދާނީ ރެޝްފޯޑުގެ ފުރަތަމަ ވޯލްޑް ކަޕަށެވެ.

comment ކޮމެންޓް