ކޮންސްޓްރަކްޝަން ސާމާނު ބާލަން އެސްޓީއޯއިން ގުޅީފަޅުގައި ފެސިލިޓީއެއް ހަދަނީ

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ކޮންސްޓްރަކްޝަން މެޓީރިއަލް ބޮޑެތި ކަނޑު އުޅަނދުތަކުން އަންލޯޑުކުރުމަށްޓަކައި ގުޅީފަޅުގައި ޚާއްސަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުން އެބަ ދާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު މިކަން ހާމަކުރެއްވީ ކުންފުނީގެ ކުރިއަށް އޮތް މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަހީރު ވިދާޅުވީ ކޮންސްޓްރަކްޝަނަކީ އެސްޓީއޯގެ އެންމެ މައިގަނޑު އެއް ވިޔަފާރީގެ ދާއިރާ ކަމުގައި ވީ ނަމަވެސް، އެސްޓީއޯއިން ގެންނަ ހިލައާއި ހިލަވެލި ފަދަ ތަކެތި އަންލޯޑުކުރަނެ އަމިއްލަ ފެސިލިޓީއެއް ނެތުމަކީ ދައްޗެއް ކަމަށެވެ.

"ފާއިތުވެ ދިޔަ 20 ނުވަތަ 15 އަހަރު ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެންގެ އަމިއްލަ ބަރތިންގް ފެސިލިޓީއެއް ނެތުން،"އަހްމަދު ޝަހީރު

ޝަހީރު ވިދާޅުވީ، އެސްޓީއޯއިން މިހާރު ވަނީ ކ. ގުޅީފަޅުން ބިމެއް ނަގައި، ބޮޑެތި ބޯޓުފަހަރު ގާތްކުރެވޭ ވަރުގެ ބަރތިންގް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. ޝަހީރު މި މަޝްރޫއު ސިފަކުރެއްވީ އެސްޓީއޯއިން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަހީރު ރޭ ދެއްވި ޕްރެޒެންޓޭޝަނުން ދެއްކި ގޮތުގައި، ގުޅީފަޅުގައި ހަދާ މި ވެސެލް ބަރތިންގް ފެސިލިޓީގެ އަގަކީ 97 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ރެޑީމިކްސް ކޮންކްރީޓަށް އޮތް ޑިމާންޑު ބޮޑުވުމާ އެކު، މާލޭގައި ހުންނަ ރެޑީމިކްސް ކޮންކްރީޓުގެ ބެޗިންގް ޕްލާންޓުގެ ކެޕޭސިޓީ އިތުރުކޮށް، އަދި އެ ޕްލާންޓު މާލެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުޅުމާލޭގައިވެސް ރެޑީމިކްސް ކޮންކްރީޓުގެ ބެޗިންގް ޕްލާންޓެއް މިއަހަރު ހުޅުވާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ އަގު ކަމުގައި ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ 45 މިލިޔަން ރުފިޔާއެވެ.

https://sun.mv/106211

އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ލޮޖިސްޓިކްސްގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި، 18 މިލިޔަން ރުފިޔާއަށް ދެ ލޭންޑިންގް ކްރާފްޓު ގަނެފައެވެ. އަދި އެސްޓީއޯގެ ލޮޖިސްޓިކްސް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި 48 އަކަފޫޓުގެ ބިމެއްގައި މަލްޓި ސްޓޯރީ ވެއާހައުސެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިއީ 308 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ޝަހީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެސްޓީއޯގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ކުރިއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް