އަލްއައިން ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

އަލްއައިން ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓް -- ފޮޓޯ/އެސްޓީއޯ

އަރަބި ގައުުމުތަކުގެ އެއްވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ "އަލް އައިން ޓޮމާޓޯ ޕޭސްޓް" އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ، އެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް ލިބޭނެ ކަމަށެވެ. އޭގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި، 40 ގްރާމްގެ، އަދި 800 ގްރާމްގެ ދަޅު ހިމެނޭ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އަލް އައިންގެ ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އަލް އައިން ޓޮމާޓޯ ޕޭސްޓް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛

  • 800 ގްރާމްގެ ދަޅު ރީޓެއިލްކޮށް 24 ރުފިޔާ އަދި ހޯލްސޭލްކޮށް، ކޭހެއް 240 ރުފިޔާއަށް
  • 400 ގްރާމްގެ ދަޅު ރީޓެއިލްކޯށް 14 ރުފިޔާ އަދި ހޯލްސޭލްކޯށް ކޭހެއް 140 ރުފިޔާއަށް
  • 50 ގްރާމްގެ ޕެކެޓް ރީޓެއިލްކޮށް 2 ދެ ރުފިޔާ އަދި ހޯލްސޭލްކޮށް ފޮއްޓެއް 37.50 ރުފިޔާއަށް

މީގެއިތުރުން 10 ކޭހަށްވުރެން މަތިން ނަންގަވާ ފަރާތްތަކަށް ކޭހަކުން 10ރުފިޔާ އަގުހެޔޮވެގެން ދާނެކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އަލް އައިން ޓޮމާޓޯ ޕޭސްޓަކީ ޔޫއޭއީގެ އަގްތިޔާ ކުންފުނިން އުފައްދާ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާ އަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ތިން ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ. އަދި މިސްރުގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.

އަލް އައިން ޓޮމާޓޯ ޕޭސްޓް އުފައްދާފައިވަނީ އެއްވެސް ވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް