ވިލިނގިލީ އެކްސިޑެންޓުގައި ސިކުނޑިއަށް ލޭއެޅުނު ޒުވާނާގެ އޮޕަރޭޝަނެއް ކޮށްފި

ގއ. ވިލިނގިލި: އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ތިން މީހަކަށް

ގއ. ވިލިނގިލީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ސިކުނޑިއަށް ލޭޭ އެޅުނު ޒުވާނާގެ އޮޕަރޭޝަނެއް ކޮއްފިއެވެ.

މި އެކްޝިޑެންޓުގައި ސިކުޑިއަށް ލޭ އެޅިފައިވަނީ އެރަށު އިރުމަތިއާގޭ ފަރީދު އަހުމަދުގެއެވެ.

ފަރީދުގެ ކޮއްކޮ ސުހޫދް އަހްމަދު "ސަން" އަށް ކިޔައިދިން ގޮތުގައި މިއަދު އޭޑީކޭގައި ކުރި އޮޕްރޭޝަނަށް ފަހު ފަރީދު އޮތީ އައިސީޔޫގައެވެ. އަދި ފަރީދުގެ ހާލު އަންނަނީ މަޑުމަޑުން ރަގަޅުވަމުންނެވެ.

މި އެކްސިޑެންޓު ހިގާފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 4:00 އެހައިކަންހާއިރު އެ ރަށު "ތޮޅިއޮސް ރެސްޓޯރެންޓް" ކައިރީގައި ދެ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޒަހަމްވި 3 މީހުން އިއްޔެ މާލެ ގެނެސްފައިވަނީ ޗާޓަރު ފްލައިޓެއްގައެވެ.

އެ އެކްސިޑެންޓުގައި ޒަހަމްވި އަނެއް ދެމީހުން ފަރުވާ ހޯދަމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަދި މިދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް