ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސްވި ތިން މީހަކު މާލެ ގެންނަނީ

ގއ. ވިލިނގިލި: އެރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ތިން މީހަކު މާލެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި ---

ގއ. ވިލިނގިލީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ތިން މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

ވިލިނގިލީ ކައުންސިލްގެ ނައިބު ރައީސް މަޒީދު އަބްދުﷲ "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު ގާތްގަނޑަކަށް 4:00 އެހައިކަންހާއިރު އެ ރަށު "ތޮޅިއޮސް ރެސްޓޯރެންޓް" ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

މަޒީދު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަކުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ތިން ވަނަ މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު އަދި ނުލިބެއެވެ.

"މި އެކްސިޑެންޓުގައި އަނިޔާވެފައިވާ ތިން މީހުންވެސް އެމެޖެންސީގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދޭ،" މަޒީދު ވިދާޅުވިއެވެ.

comment ކޮމެންޓް