ދިއްދޫ ކައުންސިލުގެ ރައީސް ބަންދުން ދޫކޮށްލައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް

ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހއ. ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ހާޝިމް ހައްޔަރުުކުރީ މިދިޔަ އަންގާރަ ދުވަހުގެ މެންދަމު 3:00 ޖަހާކަންހާއިރު އެވެ. އަދި އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހާޝިމް ބަންދުން ދޫކޮށްލީ އިއްޔެ ކަމަށެވެ.

ދިއްދޫ ކައުންސިލް މެމްބަރު ޒުހުރާ ވިދާޅުވީ، އުތީމު މެޖިސްޓްރޭޓް ކޯޓުން ހާޝިމް ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތު ނުވާކަމަށް ނިންމުމަށް ފަހު ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާޝިމް ހައްޔަރުކުރަން ނެރުނު ކޯޓް އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.

ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި އަލީ ހާޝިމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެ ކޯޓު އަމުރުގައިވެ އެވެ.

comment ކޮމެންޓް