މިހާރުގެ ޓްރެންޑަކީ ޕޮލްކާ ޑޮޓްސް؟

އެންމެ ފަހުގެ ފެޝަން ރަންވޭތަކުން ފެނިގެންދިޔަ، އެންމެ އަޅައިގަތް ސްޓައިލަކީ ޕޮކްކާ ޑޮޓްސް ނޫނީ ދިވެހިން ކިޔާނަމަ ބޯޅަ ޖެހި ސްޓައިލެވެ. ނަވާރަސަތޭކައިގެ މެދުތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ޕޮލްކާ ޑޮޓްސް އަނެއްކާވެސް މިވަނީ ޓްރެންޑަކަށް ވެފައެވެ.

މިއަހަރުގެ ހޫނު މޫސުމުގެ އާ ޓްރެންޑުތަކަށް ބަލާއިރުވެސް ބޯޅަޖެހި ސްޓައިލުގެ ހެދުންތައް ރަންވޭތައް ފަޅުފިލުވައިދިނެވެ. ބޮޑެތި ފެޝަން ބްރޭންޑުތަކުން ވަނީ ޕޮލްކާ ޑޮޓް ފޮތީގެ ރީތި ސްޓައިލަތައް ދައްކާލައިފައެވެ.

އެގޮތުން ޓޮޕް ޝޮޕް، ޒާރާ، ނިއު ލުކް އަދި ޑިއޯ ފަދަ މަރުކާތަކުން ވަނީ ޕޮލްކާ ޑޮޓްގެ އާ ޑިޒައިންތައް ބާޒާރަށް ނެރެފައެވެ. ފަހުގެ ރަހަ އާއެކު ނެރުނު މި ޑިޒައިން ތަނުގައި 1950 އަދި 1960ގެ އަހަރުތަކުގެ ކުލަ ކޮންމެވެސް ވަރަކަށް ފެނެއެވެ.

ޕޮލްކާ ޑޮޓް ސްޓައިލަށް ބަލާނަމަ، އޮފީހަށް ދާން ރަނގަޅުވާނީ ކުދި ބޮޅެވެ. ޕާޓީއެއް ފަދަ ތަނަކަށް ދާން ބޮޑު ބޮޅު ޖެހި ހެދުން ރަނގަޅުވާނެ އެވެ.

ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިންވެސް މިހާރު ފެންނަނީ ބޮޅު ޖެހި ހެދުންތަކުގައެވެ. މަލައިކާ އަރޯރާ ޚާން އަދި ސޯނަމް ކަޕޫރު އަހޫޖާވެސް ވަނީ ބޮޅުޖެހި ހެދުމުގައި ފެނިފައެވެ.

comment ކޮމެންޓް