މާމިގިލީގައި ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

އދ. މާމިގިިލި

އދ. މާމިގިލީގައި ފުޅާ ދާއިރާގައި ހަށިވިއްކަމުން ދިޔަ ބަޔަކު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަތް މީހެކެވެ. އެއީ ދިވެހި ދެ އަންހެނަކާއި ހަތަރު ފިރިހެނުންގެ އިތުރުން ބަންގްލަދޭޝް މީހެކެވެ. އަދި ހައްޔަރުކުރި ހަ ދިވެހީންނަކީ އެ ރަށަށް ނިސްބަތްވާ މީހުން ނޫންކަންވެސް އެނގިފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ މިފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި މައްސަލާގައި ހަތް މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ގެއެއް ބަލާ ފާސްކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަދި 22 އަހަރުގެ ދެ އަންހެނުން 10 ދުވަސްވަންދެން ބަންދުގައި ބަހައްޓަން މާމިގިލި މެޖިސްޓްރޭޓް ކޯޓުންވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި 26، 27 އަދި 32 އަހަރުގެ ތިން ފިރިހެނުންނަށް ވަނީ 10 ދުވަސްވަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ 30 އަހަރުގެ ފިރިހެންމީހާ 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް