ރެސިޕީ: ވެޖެޓަބަލް ރައިސް

ވެޖެޓަބަލް ރައިސް---

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ބާސްމަތީ ރައިސް
  • 1 ފިޔާ ކޮށާފައި (ހިމުންކޮށް ކޮށާފައި)
  • 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1/2 މޭޒުމަތީ ސަމްސާ ލީކްސް ( ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމްސާ ޕީސް
  • 2 މޭޒުމަތީ ސަމްސާ ކެރޮޓް ( ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމްސާ މަޝްރޫމް (ގާނާފައި)
  • 1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)
  • 1 މޭޒުމަތީ ސަމްސާ ވިނެގާ
  • 1 މޭޒުމަތީ ސަމްސާ ޗިލީ ސޯސް
  • 1/4 ސަމްސާ އަޖިނަމަޓޯ (އިތުރަށް ރަހަ ހެޔޮވަރުކޮށްލަން ބޭނުން ނަމަ)
  • 1 ސަމްސާ ސޯޔާ ސޯސް
  • މިރުސް
  • 1 މޭޒުމަތީ ސަމްސާ އަސޭމިރުސް
  • 2 މޭޒުމަތީ ސަމްސާ ތެޔޮ
  • ލޮނު (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

ތަވާއެއްގައި ފިޔާ އަދި ލީކްސް ހަނާކޮށްލާށެވެ. ހަނާކޮށްލުމަށްފަހު އޭގެ ތެރެއަށް އިނގުރު، ލޮނުމެދު އަދި ކެޕްސިކަމް އަޅާ އެއްކޮށްލާށެވެ. ދެ މިނެޓް ވަންދެން ރަނގަޅަށް ހަނާކޮށްލުމަށްފަހު ތަރުކާރީކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. (ބޭނުންވާނަމަ އެހެނިހެން ބާވަތުގެ ތަރުކާރީވެސް އެޅިދާނެ). ތަރުކާރީކޮޅު އެޅުމަށްފަހު ދެ ތިން މިނެޓް ވަންދެން ތަރުކާރީތައް ރޯފިލަންދެން މަޑުކޮށްލާށެވެ.

ތަރުކާރީކޮޅު ރޯފިލުމުން އޭގެތެރެއަށް ލޮނުކޮޅެއް، މިރުސް އަދި އަސޭމިރުސް ކޮޅެއް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އޭގެތެރެއަށް ޗިލީ ސޯސް، ސޯޔާ ސޯސް އަދި ބަތް އެއްކޮށްލާށެވެ.

ހުރިހާ ބާވަތްތައް ރަނގަޅަށް އެއްކޮށްލުމަށްފަހު މަޑު ގިނީގައި ދެތިން މިނެޓް ވަންދެން ކައްކާލާށެވެ.

comment ކޮމެންޓް