ގޭމް އޮފް ތްރޯންސްގެ ބަތަލު ކިޓް އާއި ރޯޒްގެ ކައިވެނި އަންނަ ޖޫންގައި

ގޭމް އޮފް ތްރޯންސްގެ ދެ ކާސްޓުން ކަމުގައިވާ ކިޓް އަދި ރޯޒް

އެޗްބީއޯގެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތްރޯންސް" އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލު ކިޓް ހެރިންގްޓަން (31 އަހަރު) އާއި ބަތަލާ ރޯޒް ލެސްލީ (31 އަހަރު) އަންނަ ޖޫން މަހު ކައިވެނި ކުރުމަށް ނިންމައިފިއެވެ.

ސްކޮޓްލޭންޓުގެ ކައިވެނި ރެޖިސްޓްރޭޝަން ކުރާ އޮފީހުގައި އެ ދެތަރިންގެ ނަން ނޯޓުކޮށްފައިވާ ކަމަށާއި އެ ދެތަރިން މިދިޔަ ސެޕްޓެމްބަރު މަހު އެންޖޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަވަސް މުސްތަގްބަލެއްގައި ކައިވެނިކުރާނެ ކަމަށް ދެ ތަރިން ކުރިން ބުނި ނަމަވެސް އޭރު ކައިވެނިކުރާނެ ތާރީޚެއް ކަނޑައެއް ނާޅައެވެ.

އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ކައިވެނިކުރަން ނިންމި އެ ދެތަރިންގެ މެދުގައި ގުޅުމެއް އުފެދުނީ ވެސް "ގޭމް އޮފް ތޮރޯންސް"ގެ ސެޓުންނެވެ. 2012 ވަނަ އަހަރު އެ ސީރީޒްގެ ދެވަނަ ސީޒަން ޝޫޓް ކުރި ފަހުން އެ ދެތަރިން ވަނީ އަސްލު ދިރިއުޅުމުގައި ލޯބީގެ މަގްބޫލު ޖޯޑުގެ ލިސްޓަށް އިތުރުވެފައެވެ.

comment ކޮމެންޓް