މޯގަން ފްރީމަންއަށް ޖިންސީގޯނާގެ ތުހުމަތު ކޮށްފި

މޯގަން ފްރީމަން---

ހޮލީވުޑްގެ މަޝްހޫރު ބަތަލު މޯގަން ފްރީމޭން (80 އަހަރު)ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފިއެވެ.

ސޯޅަ އަންހެނަކު ވަނީ އޭނާގެ މައްޗަށް، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސީއެންއެންގެ ބައެއް ޚަބަރުތަކުގައި ވަނީ، މޯގަންގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލި ގިނަ ބައެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔައިދީފައެވެ.

ސީއެންއެންއަށް އޭގެ ތެރެއިން އެއް އަންހެނަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމް "ގޮއިން އިން ސްޓައިލް"ގެ މަސައްކަތް ކުރި ދުވަސްވަރު ފިލްމު ސެޓުގައި އޭނާ ގައިގައި އަތްލައި ހެދުން ހިއްލަން މަސައްކަތްކޮށް އެކަން ތަކުރާރުވަމުން ދިޔަ ކަމަށެވެ.

އެ އަންހެން މީހާ ސީއެންއެންއަށް އެ އިންޓަވިއު ދިން ނަމަވެސް އޭނާގެ ނަމެއް އަދި އެހެން އެއްވެސް އަންހެނެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން މޯގަން ބުނީ "އެއްވެސް އިރެއްގައި މީހަކަށް ޖިންސީ ގޯނާއެއް ކުރެވިފައިވާނަމަ މައާފަށް އެދެން،" ކަމަށެވެ.

comment ކޮމެންޓް